ޚަބަރު

ދައުލަތުގެ ބައެއް އިދާރާތަކުގެ ވެބްސައިޓްތައް ޑައުންވި މައްސަލަ ބަލަނީ


  • ރައީސް އޮފީހުގެ ވެބް ސައިޓަށް ދިމާވި މައްސަލަ ކަމާބެހޭ ފަރާތްތަކުންދަނީ ބަލަމުން

  • މިކަމާގުޅޭ ތަފްސީލެއް އަދި ނުލިބޭ

ދައުލަތުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

މިރޭ ޑައުންވި ވެބްސައިޓްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާއި، ޓޫރިޒަމް މިނިސްޓްރީ، އަދި ފޮރިން މިނިސްޓްރީގެ ވެބްސައިޓް ހިމެނެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކަމާބެހޭ އިދާރާތައް ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވި މައްސަލަ ބަލަމުން އަންނަ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މިކަމާބެހޭ އިތުރު ތަފްސީލެއް ކަމާ ގުޅޭ ފަރާތްތަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.