ކުޅިވަރު

ފުޓްބޯޅަ ފިއެސްޓާ ޖަމާލުއްދީނާއި އިސްކަންދަރު ކާމިޔާބުކޮށްފި


މައިލޯ ފުޓްބޯޅަ ފިއެސްޓާގެ ގްރޭޑް ތިނެއްގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފިއެވެ. ތާޖުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްކަންދަރު ސްކޫލާއި ވާދަކޮށް 2-1 ން ކުރި ހޯދައިގެންނެވެ. 

ގްރޭޑް ތިނެއްގެ ފައިނަލްގައި ބަލިވި ނަމަވެސް އިސްކަންދަރު ސްކޫލް ވަނީ ގްރޭޑް ދޭއްގެ ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ ފައިނަލްގައި 1-0 ން ޖަމާލުއްދީން ސްކޫލް ބަލިކޮށްގެންނެވެ. މި ދެ ގްރޭޑުން 15 ސްކޫލެއްގެ 30 ޓީމް މިފުޓްބޯޅަ ފިއެސްޓާގައި ވާދަކުރިއެވެ. 

240 މެޗު ކުޅުނު ފިއެސްޓާގައި ފައްސަތޭކަ ސާޅީހެއްހާ ދަރުވަރުން ބައިވެރިވިކަމަށް މިފުޓްބޯޅަ ފިއެސްޓާ އިންތިޒާމްކުރި ސޮކަރ ވެޓަރެންސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ޕްރިމަރީ ސްކޫލަކުން މިފިއެސްޓާގައި ވަނީ ބައިވެރިވެފައެވެ.