އދ. މާމިގިލީގައި ދިވެހި ސިފައިންގެ މަރުކަޒެއް ޤާއިމްކުރުމަށް ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވައިފިއެވެ.
ކޯސްޓްގާރޑް ބިލްޑިންގްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި 12650 އަކަފޫޓުގެ ބިމެއްގައި ޢިމާރާތްކުރެވޭ މި މަރުކަޒުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މާމިގިލީގައި ދިވެހި ސިފައިންގެ މަރުކަޒެއް ޤާއިމްކުރެވުމުން އެސަރަޙައްދަށް އެމްއެންޑީއެފްގެ ޚިދުމަތްތައް އަވަސްކަންމަތީ ފޯރުކޮށްދެވޭނޭ ކަމަށެވެ.
ސިފައިންގެ މި މަރުކަޒުގައި އަލިފާން ނިއްވުމުގެ މަސައްކަތަށް ޚާއްޞަ ކުރެވިގެން ޢިމާރާތްކުރެވޭ ފަޔަރ ސްޓޭޝަން ބިލްޑިންގްގަކާއި ސިފައިންނަށް އެކޮމެޑޭޝަން ބިލްޑިންގްގެއްގެ އިތުރުން އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެއްވެސް ހިމެނޭކަމަށެވެ.