ޚަބަރު

ހަޤީޤަތުގައިވެސް ޕީއެސްއެމްއަކީ ރައްޔިތުންގެ ޓީވީ- ޑރ.ނަޒީރު


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް މިހާރު މިވަނީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ޓީވީއަކަށް ވެފައިކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސް މަޤާމުތައް ފުރުއްވާފައިވާ އަދި މިހާރުވެސް ފުރުއްވަމުން ގެންދަވާ އަދި ސަރުކާރުގެ އިސް އެހެން ބައެއް މަޤާމުތައްވެސް ފުރުއްވާފައިވާ ޑޮކްޓަރ ޢަބްދުﷲ ނަޒީރު ވިދާޅުވީ ރައްޔިތުންނަށް މުހިންމުވާ ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ޕީއެސްއެމް އަދާކުރަމުން ގެންދަނީ ރައްޔިތުންގެ މީޑިއާގެ ދައުރުކަމަށެވެ.

" އެޑިޔުކޭޝަނުން ވޭތުވެދިޔަ ތަނުގައިވެސް އަދި މިހާރުވެސް މިކުރާ ހުރިހާ މަސައްކަތެއްގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ޓީވީގެ ދައުރު މިހާރު އަދާކުރައްވަމުން ދެންދަވާތީ ޕީއެސްއެމްގެ ލީޑަރަށް އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ޑރ.ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އިޖްތިމާޢީގޮތުން ޕީއެސްއެމްގެ ބައިވެރިވުމެއްނެތި އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވިއެވެ.