ޚަބަރު

ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއް ފެނިއްޖެ


  • ވަޒަން ފެނުނީ މިއަދު ހަވީރު ފްލައިޓުން ފުރަންދިޔަ އަންހެނެއްގެ އަތުން

  • ފުލުހުންނާއި ސިފައިން އަންނަނީ މިކަން އިތުރަށް ތަޙުޤީޤުކުރަމުން

ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ވަޒަން ފެނިފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުންކަމަށެވެ. އަދި ވަޒަން ފެނުނުކަމަށްބުނެ މިއަދު ހަވީރު ފުލުހުންނަށް ކުރި ރިޕޯޓަކާގުޅިގެން އެޓެންޑްވެފައިވާކަމަށާއި، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.

މިކަމާގުޅިގެން އިތުރު ތަފްޞީލެއް ފުލުހުންވެސް އަދި އެމްއެންޑީއެފްއިންވެސް ދީފައެއްނުވެއެވެ.