ޚަބަރު

މާބަނޑު މީހުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއް ފަށައިފި


އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާބަނޑު މީހުންނަށް ޚާއްސަކޮށްގެން ކަސްރަތުކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙްކުރައްވައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކަަސްރަތު ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ، ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެެންޓޭޓިވް ޑރ. އަރިވިންދު މާތުރެވެ. މިޕްރޮގްރާމާބެހޭ މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އަދި ހެޑް އޮފް އޮބްސެެޓިޓިރްކް އެންޑް ގައިނަކޮލޮޖީ ޑރ. މުޙައްމަދު އަސީލް ޖަލީލް ވިދާޅުވީ، މިފަދަ ކަސްރަތު ޕްރޮގްރާމެއް ކުރިޔަށް ގެންދަވަނީ މާނބަނޑު ދުވަސްވަރު ހަކުރު ބަލި ކޮންޓްރޯލްކުރަން އުނދަގޫވުން ފަދަ މައްސަލަަތައް ކުރިމަތިވަމުންދާތީ، ކަސްރަތުކުރެއްވުމަށް ބާރު އެޅުއްވުމުގެ ގޮތުން ކަމަށެވެ.

އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، މާބަނޑު މީހުންނަށް ޚާއްސަކުރައްވައިގެން ހިންގަވާ ކަސްރަތު ކްލާސްތައް ހަފްތާއަކު ދެފަހަރު ކުރިޔަށް ގެންދަވަން ނިންމަވާފައިވާ ކަމަށާއި ޑިމާންޑު އޮންނަ ވަރަށް ބަލާ ކްލާސްތައް އިތުުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މާބަނޑު މީހުންނަށް ޚާއްސަކޮށްގެން ހިންގަވާ ކަސްރަތު ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައި.ޖީ.އެމް.އެޗް ޖިމްގައެެވެ. އަދި މިޕްރޮގްރާމްތަކުގައި ކްލާސްތައް ނަންގަވައިދެއްވަނީ އައިޖީއެމްއެޗްގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓުގެ ފަރާތުންނެވެ.