ޚަބަރު

މަހަށް ނިކުމެ އުޅުނު ބިދޭސީއަކު މަރުވެއްޖެ


  • މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް

  • ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި

  • މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން

މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގއ. ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރެވަގެން ރޭ 12:25 ހާއިރު ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.