ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ދެ ގަޑިއިރަށް ބްރިޖްގެ ވަކި ބައެއް ބަންދުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބްރިޖްގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ވާނެކަމަށެވެ. އަދި އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ އެ ވަގުތު ބްރިޖުން ދަތުރުކުރާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ސިނަމާލެ ބްރިޖްގައި މަސައްކަތް ކުރުމަށްޓަކައި މީގެ ކުރިންވެސް ވަނީ ވަކި ވަގުތުތަކަށް ބްރިޖްގެ އެކި ހިސާބު ބަންދުކޮށްފައެވެ. މިރޭ ބްރިޖު ބަންދުކުރަނީ ކޮން މަސައްކަތެއް ކުރުމަށްކަމެއް ސާފެއް ނުވެއެވެ.