ޚަބަރު

ވިލިމާލޭ މޫދުގައި ގެނބެމުން ދިޔަ އަންހެނަކު ސަލާމަތްކޮށްފި


  • އޭނާ ސަލާމަތްކޮށްފައިވަނީ ވިލިމާލެ ބާބަކިއު ސަރަހައްދާއި ދިމާއިން މޫދުން

  • އޭނާއަށް މިހާރުދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން

  • ސަލާމަތްކުރަން އުޅުނު ފުލުހަށްވެސް ލޮނުބޮވިގެން ފަރުވާދީފައިވޭ

ވިލިމާލެ ބާބަކިއު ސަރަހައްދާއި ދިމާއިން މޫދުގައި ގެނބެމުން ދިޔަ މީހެއް ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވިލިމާލެ ބާބަކިއު ސަރަހައްދާއި ދިމާއިން މޫދުގައި އަންހެނަކު ގެނބޭ ކަމަށް ރޭ ދަންވަރު 00:30 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ެސަރަހައްދަށް ގޮސް، ފުލުހެއްގެ އެހީތެރިކަމާ އެކު އެ އަންހެން މީހާ ސަމަލާތްކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ އަންހެންމީހާއަށް ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ 32 އަހަރުގެ އެ އަންހެން މީހާ މިހާރުވަނީ، އާއިލާ އާ ހަވާލުކޮށްފައިކަމަށެވެ.

އެ މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާއަށް ވެސް ލޮނު ބޮވި ހާލު ގޯސްވެގެން ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ.