ޚަބަރު

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ކާރެއް ހޯދަނީ


  • މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ކާމިލްދީދީ ސްކޫލް ކައިރީ

  • މި އެކްސިޑެންޓުގައި އެއް ކާރުގައި ތިބި 4 މީހަކަށް އަނިޔާވެފައިވޭ

  • ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވޭ

ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެ ކާމިލްދީދީ ސްކޫލް ކައިރީ ދެ ކާރު ޖެހި އެކްސިޑެންޓުވުމުން އެތަނުން އެއް ކާރު މަޑުނުކޮށް ގޮސްފައިވާ ކަމަށް ރޭ 2:40 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އެއް ކާރުގައި ތިބި 4 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ އަތުގައި ލައިސެންސް އޮވެއެވެ. އަދި ކާރު އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުވުމުން މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.