ޚަބަރު

"ޞުލްޙަވެރިކަން ރައްޔިތުންނަށް - ސަމާލުކަން ތަހުޒީބަށް"


"ޞުލްޙަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް" މިޝިޢާރު ރަސްމީ ލިޔެކިއުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކުގައި އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މި ޝިއާރު ބޭނުންކުރެއްވުމަށް އަންގަވާފައެވެ. އަދި މި ޝިއާރުގެ ތައްގަނޑު ތައްޔާރުކުރައްވާނެ ގޮތުގެ އިރުޝާދު ހޯމް މިނިސްޓަރ ދެއްވުމުން ތައްގަނޑު ތައްޔާރު ކުރައްވައި ސަރުކާރުގެ ހުރިހާ އޮފީސްތަކުން ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

ސަރުކާރުން ޤައުމުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުގައި އެކި އަހަރަށް އެކި ޝިޢާރު ކަނޑައަޅުއްވައިގެން މަސައްކަތް ކުރެއްވުމަކީ ކުރީގެ ސަރުކާރުތަކުންވެސް ގެންގުޅުއްވާ ސިޔާސަތެކެވެ.