ޚަބަރު

ހޭނާރާ އޮންނަތާ 24 ދުވަސްފަހުން މަސީޙާ މަރުވެއްޖެ


އޮޕަރޭޝަނެއް ކުރަން ހޭނެއްތިފަހުން ހޭނާރައިގެން މާލެގެނައި ލ.ގަމު ގުލްއަލާގެ މަސީޙާ އަބޫބަކުރު، މިއަދު ހެނދުނު މަރުވެއްޖެއެވެ.

އެނާ މަރުވެފައިވަނީ ހޭނާރާ އޮންނަތާ 24 ދުވަސް ފަހުން މިއަދު ހެދުނު 06:30 ކަންހާއިރުކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހައްދުންމަތީ ގަމު ގުލްއަލާގެ، މަޞީޙާ އަބޫބަކުރު، 39 އަހަރު ގައި މަރުވެފައިވަނީ އެރަށު ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަނެއްކުރަން ހޭނެއްތި ފަހުން ހޭނާރައިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ. އޮޕަރޭޝަން ކުރުމަށް މަޞީހާ ހޭނެއްތީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.