ޚަބަރު

މަންމައަށް ހަމަލާދިން ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެނީ


  • މަންމައަށް އަނިޔާކުރި ފިރިހެން މީހާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް

  • އޭނާއަށް މިހާރުދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭއިރާކޮޅު ހުޅުމާލޭގައި ޢުމުރުން 25 އަހަރުގެ ފިރިހެނަކު އޭނާގެ މަންމައަށް ތޫނު އެއްޗަކުން ޙަމަލާދިނުމާއި ގުޅިގެން ފުލުހުން އަންނަނީ އެމައްސަލަ ތަޙުގީގުކުރަމުންނެވެ. މިމައްސަލައައާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހަމަލާ ދިން ޢުމުރުން 25 އަހަރުގެ މީހާއަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާތޮތުގައި މަންމައަށް ތޫނު އެއްޗަކުން ހަމަލާދިން މީހާއަކީ ނަފްސާނީ ބަލީގެ މީހެކެވެ.

ފުލުހުން ވިދާޅުވީ މިޙާދިސާގައި ޒަޚަމްވެފައިވަނީ 51 އަހަރުގެ އަންހެނެއް ކަމަށާއި، އަންހެން މީހާގެ ހާލު ސީރިއަސްކަމަށެވެ. އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުންގެ ވިދާޅުވީ ހުޅުމާލޭ ފޭސް 1ގެ ފްލެޓެއްގައި، ހިނގި މިމައްސަލަ ރިޕޯޓްކޮށްފައިވަނީ، ރޭ 18:50 ހާއިރުކަމަށެވެ.