ޚަބަރު

ވަޒަން ބޭނުންކޮށްގެން އަސްކަރީ ތަމްރީނުތަކެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ


  • ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވަނީ ކ.ގިރިފުށީގައި

  • ތަމްރީނުތައް ކުރިއަށް ދާނީ މި މަހުގެ 23ން 25އަށް ރޭގަނޑު 19:00ން 22:30އަށް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެ ކަމަށް ސަމާލުވާނެ އެދިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކ.ގިރިފުށީގައި ކަމަށެވެ. އަދި ތަމްރީންތައް ކުރިއަށްގެންދާނީ މި މަހުގެ 23ން 25 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 7ން 10:30އަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ތަމްރީނުތަކުގައި ވަޒަނާއި ފްލެއަރ ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ވަޒަނާއި ފްލެއަރ ދަތުރުކުރާނީ ގިރިފުށީގެ ދެކުނު ފަރާތުން 3،000 މީޓަރު ދުރުން ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި ވަޒަނާއި ފްލެއަރ ދަތުރުކުރާނީ 300 މިޓަރު މަތިން ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަސްކަރީ ތަމްރީނުތަކުގައި ވަޒަނާއި ފްލެއަރސް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފްއިންވަނީ އިލްތިމާސް ކުރައްވައިފައެވެ.