ޚަބަރު

އައްސޭރި ޖަލު ބަންދުކޮށް، އިމްރާންއާއި ތޮލްހަތު ގޭ ބަންދަށް


އައްސޭރި ޖަލުގެ އެސް.ޕީ ޔުނިޓް މަރާމާތުކުރެއްވުމަށްޓަކައި ބަންދުކުރައްވައި، އެތާނގައި ތިއްބެވި ޢަދާލަތު ޕާޓިގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ ޠަލްޙަތު އިބްރާހީމް ގޭބަންދަށް ބަދަލުކުރެއްވުމަށް ހޯމް މިނިސްޓަރ ނިންމަވައިފިއެވެ.

ހޯމް މިނިސްޓަރ ޢުމަރު ނަޞީރުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްސޭރި ޖަލުގެ އެސް.ޕީ ޔުނިޓު މަރަމާތުކުރެއްވުމައްޓަކައި އެތަން ބަންދުކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގަވާފައިވާ ކަމަށެވެ. 

tw:https://twitter.com/UmarNaseerPPM/status/716974436017053697

ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޝައިޚް އިމްރާނާއި، ޠަލްޙަތު އިބްރާހީމް ގޭބަންދަށް ބަދަލުކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.