ވިޔަފާރި

ދިރާގުން ސްމާޓް ހޯމް ޚިދުމަތް ތަޢާރަފްކޮށްފި


ގޭބިސީ ފަދަ ތަންތާނގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ސާމާނު, ސްމާރޓް ފޯނު މެދުވެރިކޮށް ކޮންޓްރޯލްކުރެވޭ ޚިދުމަތެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.

ސްމާޓް ހޯމްގެ ނަމުގައި ދިރާގުން ތަޢާރަފްކުރި މި ޚިދުމަތުގެ އެހީގައި މޮބައިލް ފޯނުފަދަ ސްމާޓް ޑިވައިސެއް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ގޭގައި ބޭނުންކުރާ ޓީވީ، އެއަރކޯން، ބޮކި، ސަލާމަތީ ކެމެރާ އާއި ދޮރުތަކުގެ އިލެކްޓްރޯނިކް ތަޅު ފަދަ ތަކެތި ކޮންޓްރޯލް ކުރެވޭނެއެވެ. 

މި ޚިދުމަތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކުންފުނީގެ މެނޭޖަރ މާރކެޓިން އެންޑް ކޮމިއުނިކޭޝަން މުޙައްމަދު މިރުޝާން ޙަސަން ވިދާޅުވީ ދިރާގުން މި ޚިދުމަތާއެކު 4 ޕެކޭޖެއް ތަޢާރަފްކޮށްފައިވާކަމަށެވެ. މި ޕެކޭޖްތައް ބޭނުން ފަރާތްތަކަށް އިންސްޓޯލްމެންޓް އުޞޫލުން 6 މަސް ދުވަހާއި 12 މަސް ދުވަހާއި 18 މަސް ދުވަހުން ނެގޭނެކަމަށް މިރުޝާން ވިދާޅުވިއެވެ.