ޚަބަރު

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނުން

  • ހައްޔަރުކޮށްފައިވަނީ 25 އަހަރާއި، 26 އަހަރާއި، 27 އަހަރުގެ މީހުން

  • މިމައްސަލަ ފުލުހުންދަނީ ތަހްގީގުކުރަމުން

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނުން ކަމަށާއި، މިމީހުން ހައްޔަރުކޮށްފައިވަނީ ކޯތު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 25 އަހަރާއި، 26 އަހަރާއި، 27 އަހަރުގެ މީހުން ކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހު 15 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 25 އަހަރުގެ މީހާ އަށް 12 ދުވަސް އަދި 26 އަހަރާއި 27 އަހަރުގެ މީހާއަށް 5 ދުވަހުގެ މުއްދަތެއްވަނީ ކޯޓުން ޖަހާފައެވެ.

މިމައްސަލަ ފުލުހުންދަނީ ތަހްގީގުކުރަމުންނެވެ.