ޚަބަރު

މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި ޙާމިދު ޝަފީޤު ރިޓަޔަރކުރައްވައިފި


  • ވައިޘް ވަޙީދު ސިފައިގެ ޚިދުމަތާއި ގުޅިވަޑައިގަތީ 19 ޖޫން 1989ގައި

  • ޙާމިދު ޝަފީޤް ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 11 މަރޗް 1990ގައި

  • މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ދެ ބޭފުޅުން

ދިވެހި ސިފައިންގެ ޚިދުމަތަށް ދިގު މުއްދަތަށް ޚިދުމަތްކުރެއްވުމަށްފަހު، މޭޖަރ ޖެނެރަލް ވައިޘް ވަޙީދުއާއި މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤު ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް ވައިޘް ވަޙީދު ވަނީ ސިފައިގެން ޚިދުމަތަށް 34 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ވައިޡް ވަޙީދު ސިފައިގެ ޚިދުމަތާއި ގުޅިވަޑައިގަތީ 19 ޖޫން 1989ގައެވެ. މަޤާމުން ރިޓަޔަރކުރެއްވި އިރު ހުންނެވީ، ކޮމަޑާންޓް އެމްއެންޑީއެފް މެރިން ކޯރ، އަދި ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުކުގެ މަޤާމުގައެވެ.

މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤް ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 11 މަރޗް 1990ގައެވެ. ޙާމިދު ޝަފީޤު ރިޓަޔަރ ކުރެއްވިއިރު އަދާކުރައްވަމުންގެންދަވަނީ ކޮމަޑާންޓް އެމްއެންޑީއެފް ސަރވިސް ކޯރގެ މަޤާމެވެ. ޙާމިދު ޝަފީޤް ވަނީ 33 އަހަރަށްވުރެ ދިގު މުއްދަތަކަށް ސިފައިންގެއަށް ޚިދުމަތް ކުރައްވާފައެވެ.

މިދެ ބޭފުޅުންވެސް ވަނީ އެކި ދުވަސްވަރު ސިފައިގެން އެކި މަޤާމުތައް ފުރުއްވާފައެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ދެ ބޭފުޅުންނަކީވެސް ދިވެހި ސިފައިގެން ޚިދުމަތަށް އިޚްލާސްތެރި އަސްކަރީ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންކަމަށެވެ.