ޚަބަރު

ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި


ނޫސްވެރިންގެ ހައްޤުތައް ހޯދުމަށްކަމަށް ބުނެ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި 19 މީހުން ދޫކޮށްލައިފިއެވެ. 

ނޫސްވެރިންގެ ހައްޤުތައް ހޯދުމަށްކަމަށް ބުނެ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން މި 19 މީހުން ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަލާމަތީ ހިދުމަތްތަކުގެ މައި އިދާރާތައް ހުންނަ ސަރަހައްދުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 7 އަންހެނުންނާއި، 12 ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

ފުލުހުން ވިދާޅުވީ، އެފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަލާމަތީ ގޮތުން ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް، ޤާނޫނީ ގޮތުން އެއްވުން މަނާ ސަރަޙައްދަކަށްއެއްވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ޤާނޫނާ ޚިލާފުޢަމަލުތައް ހިންގުމުންކަމަށެވެ.