ޚަބަރު

އޯޓިޒަމް ދުވަހާ ގުޅިގެން ކޭކް ފެޅުމުގެ ހަރަކާތެއް


ދެމެހެއްޓެނެވި ތަރައްޤީޤެ ލަނޑުދަނޑިތައް ޙާސިލްކުރަން ރާއްޖެއިން މަސައްކަތްކުރާއިރު، ހުރިހާ ކަމެއްގައި ސިކުނޑީގެ ތަފާތުތައް ހުންނަ ކުދިންނާއި މީހުންނަށްވެސް ހަމަހަމަ ގޮތެއްގައި ކަންތައް ކުރުމަށް އިސްކަންދެންވުމަށް އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާރޕާސަން އިލްހާމް ހުސައިން ގޮވާލައްވައިފިއެވެ. 

އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާރޕާސަން އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމް ހުސައިން މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ޙޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ޙަރަކާތުގައި ވާހަކަދައްކަވަމުންނެވެ. އިލްހާމް ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިންނަކީ އެހެން ކުދިންނެކޭ އެއްފަދައިން ހުރިހާ ޙަރަކާތައްގައި ބައިވެރިވެވޭ ކުދިބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި އޯޓިޒަމް ފަދަ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން އެކަހެރިނުކުރުމަށް އިލްހާމް އެދިވަޑައިގެންނެވިއެވެ.

އޯޓިޒަމް ޙޭލުންތެރި ކުރުވުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ ޙަރާކާތްތަކުގެ ތެރޭގައި ހިމަނައިގެން، މިއަދު ވަނީ ކޭކް ފެޅުމުގެ ޚާއްސަ ޙަރާކަތެއް ކުޑަކުދިންގެ ބަގީޗާގައި ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އޯޓިޒަމް އެސޯސިއޭޝަނާ ސިމްފަނީ ރެސްޓޯރަންޓު ގުޅިގެން ވަނީ އޯޓިޒަމް ހުންނަ ކުދިންގެ އާއިލަތާކަށް އޯޓިޒަމް އާއިލީ ނާސްތާގެ ނަމުގައި، ހެނދުނުގެ ނާސްތާ ބާއްވާފައެވެ.

މި ޚަރަކާތުގައި އޯޓިޒަމް ހުންނަ ކުދިންނާއި އެކުންދިންގެ އާއިލާތަކުން ވަނީ ބައިވެރިވަފައެވެ. މި ހަރަކާތުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ ބައިވެވެވަޑައިގެންފައެވެ.