ޚަބަރު

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ފޯމު ބަލައިގަންނާނީ މިމަހުގެ 18 އަދި 19 ގައި

  • ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18 އަދި 19 ވަނަ ދުވަހުކަމަށެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 12:30އަށްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާގެ މަގާމުގެ މުއްދަތު ހަމަވުމުން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ތިއްބަވަނީ ރައީސްއާއި ނައިބު ރައީސްގެ އިތުރުން 3 މެންބަރުންނެވެ. މިހާރު ތިއްބަވަނީ ރައީސް މުޙައްމަދު ނާޞިހްއާއި، ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދުއާއި، ކޮމިޝަންގެ 2 މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތުއާއި، ފާތުމަތު ޝަރީފްއެވެ.