ޚަބަރު

ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖެއް ފެނިއްޖެ


  • މި ހާދިސާ ހިނގާފައިވަނީ ދިގުރަށުގައި

  • ފުލުހުންނަށް ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު

  • ކުއްޖާ އޮތީ މަރުވެފައި

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމަށެވެ. މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ.