ޚަބަރު

ނ.މާފަރުގައި ގެނބިގެން މީހަކު މަރުވެއްޖެ


  • މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ލަންކާ ފިރިހެނެއް

  • މިމީހާއަކީ ލޭންޑިންގް ކްރާފްޓެއްގައި މަސައްކަތްކުރާ މީހެއް

  • އޭނާ މަރުވެފައިވަނީ ވަލެއް ނައްޓަން މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބިގެން

ނ.މާފަރުގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ލަންކާ ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފަރުގައި ލޭންޑިންގް ކްރާފްޓެއްގައި މަސައްކަތްކުރާ މީހަކު ވަލެއް ނައްޓަން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި ގެނބިގެން މާފަރު ޞިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމީހާ މާފަރު ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.