ވިޔަފާރި

ސައުދީގެ އެކްސްޕޯޓަރުން ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި


ސަޢޫދީޢަރަބިއްޔާގެ އެކްސްޕޯޓް ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރިވެރިންނާއެކު ބިޒްނަސް ޓު ބިޒްނަސް ބައްދަލުވުމެއް މިއަދު މާލޭގައި ފަށައިފިއެވެ.

މިއީ ރާއްޖެއަށް މުދާ އެކްސްޕޯޓްކުރަން ޝައުޤުވެރިވާ ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެޤައުމުގެ ޓްރޭޑް މިނިސްޓްރީން ރާއްޖޭގެ އިޤްތިޞާދީ ވުޒާރާގެ އެހީތެރިކަމާއެކު ކުރިއަށްގެންދަވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ، ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ސަޢޫދީޢަރަބިއްޔާގެ ވިޔަފާރި ކުންފުނިތަކުގެ އޮފިޝަލުންނާ ބައްދަލުކޮށް، އެކުންފުނިތަކުގެ އުފެއްދުންތަކާއި، އިންވެސްޓް ކުރުމާގުޅޭ މައުލޫމާތު ހޯދުމުގެ ޙަރަކާތްތަކެކެވެ. 

އިކްނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ސަޢޫދީޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ. އަދި އަލަށް ސަޢޫދީން ރާއްޖެއަށް ދަތުރުތައް ފަށައި، އެޤައުމުގެ ޤައުމީ އެއަރލައިނުން ވިޔަފާތީގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށެވެ.