ޚަބަރު

ޖައްވަށް ދޫކުރާ ވިހަ ގޭހާ ނުލައި މުސްތަޤްބަލް ރޭވުމަށް އދން ގޮވައިލައިފި


ޖައްވަށް ދޫކުރާ ވިހަ ގޭހާ ނުލައި މުސްތަޤްބަލް ރޭވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުތަރޭޝް ގޮވައިލައްވައިފިއެވެ. އޭނާ އެ ގޮތަށް ގޮވާލައްވައިފައިވަނީ ޢަރަބި އެކުވެރި އިމާރާތް، ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް، ކޮޕް28 ސަމިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ގޯހެއް ނުހައްދަވާ. މޫސުމީ ދެމެހެއްޓެނިވި ކަމަކީ ތިޔަބޭފުޅުންގެ ކުންފުނިތަކުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ހަމައެކަނި މަގެވެ." ގުތަރޭޝް ވިދާޅުވިއެވެ.
ޤާނޫނުތައް ހަދައި ތަންފީޒުކޮށް ވިހަ ގޭހަށްދޭ ސަބްސިޑީ ދިނުން ނިމުމަކަށް ގެނެސް، ވިންޑް ފޯލް ޓެކްސް ނަގަން ފަށައި މޫސުމީ ބަދަލުތަކަށް ޙައްލު ގެނެވެން ހުރި ހުރިހާ ކަމެއްކޮށް ޤައުމުތަކުން ރަގަޅު ގޮތް އިޚްތިޔާރު ކުރުމަށް ގުތަރޭޝް އިލްތިމާސް ކުރައްވައިފައިވެއެވެ.

ވިހަ ގޭހުން އަނދަމުންދާ ޕްލެނެޓެއް ސަލާމަތެއް ނުކުރެވޭނެ ކަމަށާއި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުން ނުވަތަ އެއަށްވުރެ ދަށްކުރުމަށް އޮތް ހަމައެކަނި ގޮތަކީ ވިހަ ގޭސް ބޭރުކުރުން ހުއްޓުވުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮޕް28 މިއަހަރު ބާއްވަމުން ގެންދާ ގައުމު ޔޫއޭއީއަކީ ދުނިޔޭގެ ތެޔޮ އުފައްދާ އެންމެ ބޮޑު އެއް ޤައުމެވެ. ޔޫއޭއީން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު އިތުރު ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ ޢަމާޒުވެފައެވެ.