ޚަބަރު

ޕީޖީ ވާދައިގެ ތައްޓަށް ސިޓީ ލިޔުމުގެ މުބާރާތުގައި 180 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ


  • މިއީ ޕީޖީ އޮފީހުން އިންތިޒާމްކުރާ މުބާރާތެއް

  • ސިޓީ ލިޔަން ޖެހޭނީ އަތުން

  • އެމީހަކު ސިޓީ ލިޔަން ޖެހޭ ނޯޓު އޮންލައިން ޕޯޓަލްއިން ފެންނާނެ

ޕްރޮސިކިއުޓަ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގައި 180 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ.

މި މުބާރާތް ބާއްވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ ރެކްރިއޭޝަން ކްލަބް، ކްލަބް 220 އިން އިންތިޒާމުކޮށްގެންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސްކޫލްތަކާއި ކުންފުނިތައް ތަމްސީލުކުރާ ގިނަ ޢަދަދެއްގެ މީހުން ހިމެނޭކަމަށެވެ. އަދި ހީކުރިވަރަށްވުރެ ބޮޑު ތަރުޙީބެއް މުބާރާތަށް ލިބިފައިވާކަމަށް އެއޮފީހުން ވިދާޅުވިއެވެ،

މުބާރާތުގައި ބައިވެރިވި މީހުންނަށް، އެމީހަކު ލިޔަންޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. ސިޓީ ލިޔަންޖެހޭނީ އަތުންނެވެ. އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަންގަވައި، ވެބްސައިޓަށް އަޕްލޯޑު ކޮށްލުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ. ސިޓީ ފޮނުވުމުގެ މުއްދަތު ހަމަވާނީ، 10 ޑިސެމްބަރު 2023ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 އަށްކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.