ޚަބަރު

މިނިސްޓަރުންގެ ނައިބުގެ މަގާމަށް 20 ބޭފުޅަކު ޢައްޔަނުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ 20 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އައްޔަނުކުރައްވާފައިވާކަމަށެވެ.

މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ،

  • މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބުގެ މަގާމަށް، ގ.ކުދިރުވާލިގެ އާމިނަތު ރަނާ ޙުސައިން ޝިހާމް
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، ގުލްޒާރުގެ، ޅ.ނައިފަރު ޙުސައިން ޒީނީ
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، މ.ބާރަނާގެއާގެ އަރްޙަމް ޙުސައިން
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، ގުލިސްތާނުވިލާ، ބ.އޭދަފުށި އަލްއުސްތާޛު ޙައްސާނު ޙަމީދު
  • މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، ފަރެސްއަވަށް. އުދަރެސް، ގދ.ފަރެސްމާތޮޑާ، އަޙްމަދު އައިމަން
  • މިނިސްޓަރ އޮފް ހެލްތުގެ ނާއިބުގެ މަގާމަށް، ގުލްހަޒާރުގެ، ފ.ނިލަންދޫ، އަލްއުސްތާޛު އިސްމާޢީލް ޒާހިރު
  • މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަގާމަށް، ބީޗްސައިޑް، ފ.ނިލަންދޫ، އަލްއުސްތާޛާ ޝަފީޤާ ނަޢީމް
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް، ހުޅުމާލެ.ފްލެޓްނަންބަރު ޑީ-2-9ސީ، މާލެ، އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް، ގަމަރީ، ގދ.މަޑަވެލި، އައްޝައިޚް އުސާމް މުޙައްމަދު ސަޢީދު
  • މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް، ލަންސިމޫގެ، ބ. އޭދަފުށި، ޢަބްދުﷲ ރަޝީދު
  • މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް، ދަޑިމަގު.އަލި، ޏ.ފުވައްމުލައް، ޢަލީ ނިޒާރު
  • މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް، ގ.އެރިއަދޫ، އަލްއުސްތާޛު ޒާއިދު އަޙްމަދު
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބުގެ މަގާމަށް، ދަޑިމަތު.އަނޯނާގެ، ޏ.ފުވައްމުލައް، ޙަސަން ޛިހާން
  • މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބުގެ މަގާމަށް، މއ.ޝެޑޯވީ، އަޙްމަދު އަންވަރު
  • މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަގާމަށް، މއ. ބްލޫބާރޑް، ޢަލީ ސަލީމް
  • މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނައިބުގެ މަގާމަށް، މާޖެހިގެ، އދ.ފެންފުށި، އަޙްމަދު ޢަދުނާން
  • މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް، ޑައިމަންޑްހައުސް، ހއ.ބާރަށް، މުޙައްމަދު ނާފިޛު
  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް، ރަސިޔާ، ހދ.ވައިކަރަދޫ، އަޙްމަދު އިރުފާޙް
  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް، ބޮކަރުމާގެ، ތ.ވޭމަންޑޫ، ޢަބްދުﷲ މުފީދު
  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް، ގޯލްޑެންހައުސް، ހއ.ބާރަށް، ޢަލީ ޝަމީމް

އެކި ވުޒާރާތަކުގެ ވަޒީރުންގެ ނައިބުންގެ ގޮތުގައި މިމަހުގެ 27 ވަނަ ދުވަހުވެސް ވަނީ 26 ބޭފުޅަކު އައްޔަންކޮށްފައެވެ.