ޚަބަރު

ރޯޔަލް އިންސްޓިޓިއުޝަނުންދޭ އެންމެ މަތީ ޝަރަފު ރައީސް މައުމޫނަށް


އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އިސް މާހިރުން ހިމެނޭގޮތަށް ސިންގަޕޫރުގައި އުފައްދާފައިވާ "ރޯޔަލް އިންސްޓިޓިއުޝަން" އިން،އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާ އޮނަރަރީ ފެލޯގެ މަޤާމު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫންޢަބްދުލްޤައްޔޫމަށް އެރުވުމަށް ނިންމައިފިއެވެ.

މި މަގާމު ރައީސް މައުމޫންއަށް އަރުވަން ނިންމާފައިވަނީ ރޯޔަލް އިންސްޓިޓިއުޝަންގެ ހަތްވަނަ ގްލޯބަލް ކޮންފަރެންސްގައެވެ.މި ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ އަންނަ މެއިމަހުގެ ހަތަރުވަނަ ދުވަހު މާލޭގެހޮޓެލް ޖެންގައެވެ.

 އެ އިންސްޓިޓިއުޝަނުން އިޢުލާންކުރި ގޮތުގައި އެކޮންފެރެންސްގައި އެކިއެކި ދާއިރާތަކުން މެހެމާނުން ތަޤުރީރު ކުރައްވާނެއެވެ. އެބޭފުޅުންގެތަޤުރީރުތައް ބިނާކުރައްވާނީ އިޖްތިމާޢީ ކުރިއެރުމާއި، ވިޔަފާރިއާއި ސިނާޢީ ތަރައްޤީއާއިތަޢުލީމާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން  ފަދަ ކަންކަމުގެ މައްޗަށެވެ. އަދި މި މައުޟޫޢުތަކަށްބިނާކޮށް އެކި ފަރާތްތަކުން ރީސާޗް ކަރުދާސްތައް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު،އެ ރީސާޗްތައް ރޯޔަލް އިންސްޓިޓިއުޝަނުން އެކި ގޮތްގޮތުން ފީޗަރކުރާނެ ކަމަށްރޯޔަލް އިންސްޓިޓީއުޝަނުން ބުނެއެވެ.

 ރޯޔަލް އިންސްޓިޓިއުޝަނަކީ، އިލްމީ، ޕްރޮފެޝަނަލްބޭފުޅުންނާއި، ދުނިޔޭގެ އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ ލީޑަރުންނާއި،ވިޔަފާރިވެރިން މެމްބަރުންގެ ގޮތުގައި ހިމެނޭ، އެކްރެޑިޓިންގ ޖަމްޢިއްޔާއެކެވެ.