ޚަބަރު

ފަޔާޒްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުންތައް ފަށައިފި


ރިޔާސީ ލޯންކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާއި ގުޅިގެން އެ މައްސަލާގައި ދައުލަތުން ދައުވާ އުފުއްލަވާފައިވާ ސިފައިންގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ ކެޕްޓަން އަޙްމަދު ފަޔާޒްގެ ޝަރީއަތުގެ އަޑުއެހުންތައް ފަށައިފިއެވެ.

ދައުލަތުން ފަޔާޒް އާއި ދެކޮޅަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާއެވެ. މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ފަޔާޒް ވަނީ މި ދެ ދައުވާއަށްވެސް އިންކާރު ކުރައްވާފައެވެ.

މި މައްސަލަތަކުގައި ޖަވާބްދާރީވަމުން އަހުމަދު ފަޔާޒް ވިދާޅުވީ އެނާ މައްސަލަގައި އިތުރަށް ކުރިޔަށް ދާން ބޭނުންވަނީ ވަކީލަކާއި އެކުކަމަށެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ އަހުމަދު ފަޔާޒަށް އެ ފުރުސަތު ކޯޓުން ދެއްވުމަށްފަހުގައެވެ.