ޚަބަރު

ތުޅާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އޭދަފުށީ ކޯޓަށް ބަދަލުކޮށްފި


  • މިގޮތަށް ބަދަލުކޮށްފައި ވަނީ ފަނޑިޔާރު އަމިއްލަފުޅަށް އެދިގެން

  • މީގެ ކުރިން އޭދަފުށީގައި އިސް މެޖިސްޓްރޭޓަކު ނުހުރޭ

  • އޭދަފުށީގެ މެޖިސްޓްރޭޓަކަށް މިހާތނަށް ހުންނެވީ އަލްއުސްތާޛާ މަރްޔަމް އިފްހާމް ނާޝިދު

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާއި، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް އިއްޔެއިން ފެށިގެން، ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ބ. އޭދަފުށީގައި އިސް މެޖިސްޓްރޭޓަކު ނުހުރެއެވެ. ނަމަވެސް، އެ ކޯޓުގެ މެޖިސްޓްރޭޓަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ، އަލްއުސްތާޛާ މަރްޔަމް އިފްހާމް ނާޝިދުއެވެ.