ޚަބަރު

ޕީސީބީގެ ބޯޑަށް އަލްއުސްތާޛު އަޙްމަދު ނަޝާޠު


  • ޕީސީބީ ބޯޑަށް އަޙްމަދު ނަޝާޠު އައްޔަންކުރައްވާފައިވަނީ ޤާނޫނީ ދާއިރާއިން

  • ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އަލްއުސްތާޛު އަޙްމަދު ނަޝާޠު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އަޙްމަދު ނަޝާޠު އައްޔަންކުރައްވާފައިވަނީ ޤާނޫނީ ދާއިރާގެ މެންބަރުކަމަށެވެ.

އަލްއުސްތާޛު އަޙްމަދު ނަޝާޠުވަނީ، އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާޞިލުކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގައެވެ.