ޚަބަރު

ދަސްވާރު ޕްރޮގްރާމްގެ ދަށުން 7 ކުއްޖަކަށް ވަޒީފާ


ދަސްވާރު ޕްރޮގްރާމްގެ ދަށުން، ހަތް ކުއްޖަކަށް ޕޯސްޓް އޮފީހުގައި އިންޓަންޝިޕް ހިންގުމަށް ޓިވެޓް އޮތޯރިޓީއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެދުނު ޕޯސްޓް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ، ސީ.އީ.އޯ އަބްދުލް ޙައްނާން ވަހީދުއެވެ. އަދި ޕޯސްޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ، އެސިސްޓެންޓް މެނޭޖިންގް ޑިރެކްޓަރ ހަފީޒާ އިބްރާހިމްއެވެ. ދަސްވާރު ޕްރޮގްރާމްގެ ދަށުން އިންޓާންޝިޕްގައި ބައިވެރި ކުރުމަށް މިފަހަރު ކުދިން ހޮއްވަވާފައިވަނީ، ތާޖުއްދީން ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، ޖަމާލުއްދީން ސްކޫލުންނެވެ.

ޕޯސްޓް އޮފީހާއި ޓިވެޓް އޮފީހާއެކު ވެވުނު މިއެއްބަސްވުމުގެ ދަށުން، އިންޓަންޝިޕްގައި ބައިވެރިވާ ކުދިންނަށް ޚާއްޞަ އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޕާފޯމެންސަށް ބަލާ، ޓްރެއިނިންގް ފުރިހަމަކޮށް ނިންމާ ދަރިވަރުންނަށް ޕޯސްޓް އޮފީހުން ވަޒީފާ ހަމަޖެހިގެންދާނެކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެއެވެ.