ޚަބަރު

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް މުޙައްމަދު ޠަލާލް


  • މުޙައްމަދު ޠަލާލް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައި

  • ޠަލާލަކީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްވެސްމެ

  • ޠަލާލު މިހާރު ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްކަމުން ވަކިވެވަޑައިގެންފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ގަލޮޅު ފިނިވިލު މުޙައްމަދު ޠަލާލް އައްޔަންކުރައްވައިފިއެވެ.

ޠަލާލް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ.

ޠަލާލް އަންނަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންނެވެ. ނަމަވެސް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޠަލާލު އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމުން ވަކިވެވަޑައިގެންފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.