ޚަބަރު

ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކު ފެމިލީ ކޯޓަށް !


ކްރިމިނަލްކޯޓްގެ ގާޒީ އަބްދުﷲ ނަޝީދާއި ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒް ފެމެލީކޯޓަށް ބަދަލްކުރައްވައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވިދާޅުވީ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒާއި ގާޒީ އަބްދުﷲ ނަޝީދު ފެމެލީ ކޯޓަށް ބަދަލުކުރެއްވީ އެ ދެގާޒީން އެ ގޮތަށް އެދިވަޑައިގަތުމުންކަމަށެވެ. އަދި މިމަހުގެ 24 ވަނަދުވަހުން ފެށިގެން އެ ދެގާޒީން ފެމެލީކޯޓަށް ނުކުންނަވަން ފައްޓަވާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒާއި ގާޒީ އަބްދުﷲ ނަޝީދު ފެމެލީ ކޯޓަށް ބަދަލު ކުރައްވާފައިވާއިރު ކްރިމިނަލްކޯޓްގެ އިސްގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދުވެސް ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ފެމެލީކޯޓަށް ބަދަލްކުރައްވާފައެވެ. މި ތިން ގާޒީން ފެމެލީ ކޯޓަށް ބަދަލްކުރެއްވުމުން ކުރިމިނަލްކޯޓްގައި މިހާރު ތިއްބެވީ އެކޯޓް ހިންގެވުމާއި ހަވާލެވެވަޑައިގެން ހުންނެވި އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ރަޝީދާއި ގާޒީ އިބްރާހިމް އަލީއާއި ގާޒީ ސައީދު އިބްރާހިމްގެ އިތުރުން ގާޒީ މުހުތާޒް ފަހުމީއެވެ.