އައްޑޫ ސިޓީ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރާ ފުލުހެއް ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީކުރާ ފުލުހަކު ރޭ އިޝާނަމާދަށް ދިޔަގޮތަށް ގެއަށް ނާންނަކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން 1:40 ހާއިރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. ނިޔާވެފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.