ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވާކުރެއްވުމުގެ ދަރުބާރު ފަށައިފި


  • ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރައްވަނީ ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި

  • ނައިބު ރައީސްގެ ގޮތުގައި އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްވެސް މަޤާމުގެ ހުވާކުރައްވާނެ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވާކުރެއްވުމުގެ ދަރުބާރު ފަށައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދަނީ ޖުމްހޫރީ މައިދާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ބޭރުގެ އިއްޒަތްތެރިންނާއި ދައުލަތުގެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.