ޚަބަރު

ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި، އަނިޔާވި މީހަކަށް ފަރުވާދެނީ


  • އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން

  • އަނިޔާވީ 24 އަހަރުގެ ދިވެހި ފިރިހެނަކަށް

  • ބެލްކަނި ވެއްޓުނީ މާފަންނުގައި ހުރި ގެއަކުން

މާފަންނުގެ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި، މީހަކަށް އަނިޔާ ވެއްޖެއެވެ. މިކަން ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އަނިޔާ ވެފައިވާ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ 24 އަހަރުގެ ދިވެހި ފިރިހެނެއް އެ ހޮސްޕިޓަލަށް ގެނެސް، އިމަރަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި، މީހަކަށް އަނިޔާވެފައިވާ ކަމަށް މިއަދު މެންދުރު 1:18 ހާއިރު، އެއިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ބެލްކަނި ވެއްޓި އެމަގުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ނަމަވެސް، ބެލްކަނި ވެއްޓެން މެދުވެރިވީ ކިހިނެއް ވެގެންކަމެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ އާއިގުޅިގެން ކަމާބެހޭ އިދާރާތަކަށް މަޢުލޫމާތު ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.