ޚަބަރު

ކޯޓު އަމުރަކާއެކު ފުލުހުންނާއި އޭސީސީން އާރްޑީސީއަށް ވަދެއްޖެ


  • ފުލުހުންވަނީ އާރްޑީސީއަށް ވަދެފައިވާކަން ކަށަވަރުކޮށްދެއްވާފައި

  • އެހެންނަމަވެސް ސީދާ ކޮން މައްސަލައެއްގައި ކަމެއް ހާމައެއް ނުކުރޭ

ކޯޓު އަމުރެއްގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއަށް ފުލުހުން ވަދެއްޖެއެވެ. ފުލުހުންގެ ޓީމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމެއްވެސް އާރްޑީސީއަށް ވަދެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްވަނީ މިކަން ޕީއެސްއެމަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް ފުލުހުން އާރްޑީސީއަށްވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މި މައްސަލައާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީން ބުނީ ފުލުހުން މިއަދު ގާތްގަނޑަކަށް 11 ޖެހިއިރު ކޯޓު އަމުރަކާއެކު އާރްޑީސީގެ އޮފީހަށް ވަދެފައިވާކަމަށެވެ. ސީދާ ކޮން މައްސަލައެއްގައިކަން ހާމަކޮށްފައިނުވި ނަމަވެސް ފުލުހުން ކުރަމުންދާ ތަޙުގީގަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރަމުންދާކަން ހާމަކޮށްފައިވާކަމަށް އާރްޑީސީން ބުނެއެވެ. އަދި ފުލުހުންނަށް ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލުން އާރްޑީސީން ދެއްވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.