ކުޅިވަރު

ޕޯލަންޑް މުބާރާތަކުން ލައިބާއަށް ފުރަތަމަ ބައިނަލްއަގުވާމީ މެޑަލް


ޕޯލަންޑުގައި ބޭއްވި ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލުގައި ވާދަކޮށް ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ސިންގަލްސް މެޑަލް ހޯދައިފިއެވެ.

ލައިބާ ހޯދާފައިވަނީ މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ސިންގަލްސް ބައިން ލޯ މެޑަލްއެވެ. ލައިބާ ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލައިބާ ވާދަކުރީ ޔޫކްރޭނުގެ ބޮޑާނާ ސީރޮޓިޔުކް އާއެވެ. އެ މެޗު ލައިބާ ކާމިޔާބުކުރީ 15-8، 15-11 އިންނެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ޕޯލެންޑުގެ އޮލިވިއާ ސެރާފިން އާއެވެ. މި މެޗުގެ ފުރަތަމަ ސެޓު 8-15 އިން ގެއްލުނު ނަމަވެސް ލައިބާ ވަނީ 15-9، 15-9 އިން ޖެހިޖެހިގެން ދެ ސެޓު ހޯދާ މެޗުން މޮޅުވެފައެވެ.

ގްރޫޕުގެ ފަހު މެޗުގައި ލައިބާ ވަނީ މުބާރާތުގެ ތިންވަނައަށް ސީޑުކުރެވިފައިވާ އެޑްރިއާނާ ޑާނޮގާ އާއެވެ. އެ މެޗު ލައިބާ ކާމިޔާބުކުރީ 15-13، 15-6 އިންނެވެ.

ކުއާޓާގައި ލައިބާ ވާދަކުރީ ޔޫކްރެއިންގެ އުލިއާނާ ކޮނޮނެންކޯ އާއެވެ. މެޗުން ލައިބާ މޮޅުވީ 15-4، 11-15، 15-8 އިންނެވެ. ސެމީ ފައިނަލުން ލައިބާ ބަލިވީ ޕޮލެންޑުގެ މާލެނާ ޕުޑްލޯ އާއެވެ. މެޗުން ބަލިވީ 14-15، 12-15 އިންނެވެ.

މިއީ ބެޑްމިންޓަންގެ ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. ލައިބާ ވަނީ މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސް ބައިގެ އިތުރުން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގައި ވާދަކޮށްފައެވެ.