ޚަބަރު

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު 2 ބޭފުޅަކަށް އަރުއްވަނީ


  • މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި

  • ޚާރިޖީ ދާއިރާގައި ދިގު މުއްދަތަށް ޚިދުމަތް ކުރައްވައި ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެއް

ރާއްޖޭގެ ޚާރިޖީ ދާއިރާގައި ވަރަށްދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:30ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އެއޮފީހުން ވިދާޅުވީ މިޝަރަފަކީ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެއްކަމަށެވެ. ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަރުވާނީ މެޑެއްޔަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މިވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެކިދާއިރާތަކުން ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރައްވާ އެބޭފުޅުންނަށް ޝަރަފުގެ އިނާމު ދެއްވާ އަދި ހިތްވަރު ދިނުމުގެ އެވޯޑުވެސް އެކި ފަރާތްތަކަށް ދެއްވާފައެވެ.