ޚަބަރު

ބޭރުގައި އުޅޭ ދިވެހިންނަށް ކަންކަން ފަސޭހަކޮށްދިނުމަކީ އަމާޒެއް


ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ފަހި ގޮތްތައް ހަމަޖައްސަވައިދެއްވައި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށްކަށް ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަރުތުފުޅާ ގުޅޭގޮތުން ޕީއެސްއެމްގެ ޚަބަރަށް ދެއްވި ބަސްދީގަތުމެއްގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ރައީސް މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ދަތުރުފުޅެއްކަމަށެވެ. އަދި މިދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއެކު ކުރިއަށްދާ މަޝްވަރާތަކުގައި މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ޚާރިޖީ ގޮންޖެހުންތައް ހައްލުކުރެއްވުމާމެދު މަޝްވަރާކުރައްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި މެލޭޝިއާއަކީ މުސްލިމް ދެޤައުމު ކަމުން ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެއްކަމަށެވެ.