ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނަށް 23 ބޭފުޅަކު ކުރިމަތިލައްވައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން 6 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒު ޢަލީ ވިދާޅުވީ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި ތަރުތީބުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ފުރަތަމަ 6 ނަންފުޅުތަކުގެ ތެރޭގައި ކޮމިޝަނުގެ މިހާރުގެ މުޙައްމަދު ޝަހީބާއި، ޅ. ހިންނަވަރު ފަހަލަ އިސްމާއިލް ސަފްވާނާއި، ވ. ވެރޯނިކާ ޙަސަން ނަބާހާއި، ކ. ދިއްފުށީ ހުވަނދުމާގޭ ފާޠިމަތު ޒައިނާ އާއި، ގދ. ގައްދޫ އަތިރީގޭ ޒީނާ ޒާހިރުގެ އިތުރުން ގ. ގޮފި އާމިނަތު ސަރާހަތު އިއްޒަތު ހިމެނެއެވެ. 

ބްރޮޑްކާސްޓިންގ ކޮމިޝަނަށް އެންމެ ފަހުން ޢައްޔަން ކުރެއްވި މުޙައްމަދު އަސްލަމް ފިޔަވާ އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންގެ ދައުރު އަންނަ މަހުގެ ހަތަރުވަނަ ދުވަހަށް ހަމަވާނެއެވެ.