ޚަބަރު

ތުލުސްދޫ މެމްބަރު ނަސީމް ޕީއެންސީއަށް!


  • ތުލުސްދޫ މެމްބަރު ކުރިން ހުރީ މިނިވަން މެމްބަރެއްގެ ގޮތުގައި

  • އިބްރާހީމް ނަސީމާއެކު މަޖިލީހުގެ ޕީއެންސީގެ މެމްބަރުންގެ ޢަދަދު 9 އަކަށް

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ނަސީމް ޕީއެންސީއަށް ސޮއިކޮށްފައިވާކަން އެ ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

މެމްބަރު ނަސީމަކީ މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ.

ނަސީމްއާއެކު ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 9 މެމްބަރުން އެބަތިއްބެވިއެވެ.

ނަސީމް ޕީއެންސީއަށް ސޮއިކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.