މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގަދަ 7 މިރޭ އިއުލާން ކުރަނީ


މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރާ ބައިވެރިން މިރޭ އިޢުލާން ކުރާނެއެވެ.

އެކަމަށްޓަކައި ބާއްވާ އެލިމިނޭޝަން ނައިޓް ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30ގައެވެ. މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 5 ވަނަ ޝޯވ ރޭ ދައްކާފައިވާއިރު، ރޭގެ  ޝޯވގައި ގާލާ ރައުންޑުގެ ގަދަ 8 ގައި ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ފެނިގެންދިޔައެވެ.

ރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ރޭގެ ޝޯވ ދެއްކި ވަގުތުން ފެށިގެން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލާފައިވެއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށްދަނީ އެންމެ އިންޞާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

މިހާރު ތާވަލްކުރެވިފައިވާގޮތުން ނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދައްކަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުގައެވެ.