ދުނިޔެ

މެލޭޝިޔާއިން އައި.އެސްގެ 15 މީހަކު ހައްޔަރުކޮށްފި


މެލޭޝިޔާގެ އެކި ތަންތަނަށް ހަމަލާންދޭން އުޅުނު ކަމަށް ޝައްކު ކުރެވުނު ފަނަރަ މީހުން ހައްޔަރު ކޮށްފިއެވެ.

މީގެތެރޭގައި ހަތަރު އަންހެނުންވެސް ހިމެނެއެވެ. މިއެންމެންނަކީވެސް އައިއެސްޖަމާއަތަށް ނިސްބަތްވާ މީހުންކަމަށް އެގައުމުގެ ޕޮލިސް ޗީފް މައުލޫމާތު ދެއްވައެވެ. ޕޮލިސް ޗީފް ޚާލިދް އަބޫބަކުރު ވިދަޅުވީ ހައްޔަރު ކުރެވުނު މީހުންގެތެރޭގައި ފުލުސް އޮފިސަރަކު ވެސް ހިމެނޭ ކަމަށާ އެމީހުން ހައްޔަރު ކޮށްފައިވަނީ ވެރިރަށް ކުއާލަރ ލަމްޕޫރާ އެހެން ހަ ސްޓޭޓަކުން ތިންދުވަސް މަތިންކަމުގައެވެ.

މެލޭޝިޔާގައި އެކިތަންތަނަށް ހަމަލާ ދޭން އުޅުނު ކަމަށް ޝައްކު ކުރެވިގެން ފާއިތުވި ތިން އަހަރުތެރޭ ސަތޭކަ ހަތްދިހަ ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ. އެންމެ ފަހުން ހައްޔަރު ކުރެވުނު މީހުންވެސް ރާވާފައި އޮތީ ހަމަލާތައް ދިނުމަށްފަހު އައިއެސް ޖަމާއަތާ ގުޅުމަށް ސޫރިޔާ އަށް ދިއުމަށްކަމަށް އޮފިޝަލުން ވިދާޅުވެއެވެ.