ޚަބަރު

އެއަރޕޯޓުގައި ބޭ އަދަބީ ޢަމަލުތަކެއް ހިންގަމުންދިޔަ ޗައިނާ އަންހެނަކު ހައްޔަރުކޮށްފި


  • މި މީހާ ހައްޔަރުކުރީ މިއަދު ހެނދުނު

  • އެ އަންހެން މީހާ ދަނީ ރާއްޖެއިން ފުރުމަށް ދެކޮޅު ހަދަމުން

ބޭ އަދަބީ ޢަމަލުތަކެއް ކުރުމުގެ ސަބަބުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޗައިނާގެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތެރޭގައި، އެހެން މީހުންނަށް އުންދަގޫވާގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މިކަން ހިންގާފައިވަނި މިއަދު ހެނދުނުއެވެ.

މީސްމީޑިއާގައި ބުނެފައިވާގޮތުގައި، މި އަންހެން މީހާއަކީ ރާއްޖެއިން ފުރުމަށް ދެކޮޅުހަދައި، އެއަރޕޯޓް ތެރޭގައި އުޅެމުންދާ މީހެއްކަމަށެވެ. ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީން އެމީހާ ރާއްޖެއިން ފުރޭނެ އިންތިޒާމްތައް ހަމަޖެއްސުމުންވެސް އޭނާވަނީ އެކަމަށް ދެކޮޅު ހަދާފައިކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.