ޚަބަރު

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެ


  • ހަށިގަނޑު ފެނިފައިވަނީ ދޫނިދޫއާއި ފުނަދޫ ދޭތެރެއިން

  • ފެނުނީ ފިރިހެނެއްގެ ހަށިގަނޑެއް

  • ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

ދޫނިދޫއާއި ފުނަދޫއާއި ދޭތެރޭ ކަނޑުމަތިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަޑިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑެވެ. އެއީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރިން މޫދަށް ފުންމާލި މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމީހާގެ ހަށިގަނޑު ވަނީ މިއަދު ހެނދުނު 9:19 ހާއިރު ދޫނިދޫ ކައިރި މޫދުން ފެނިފައެވެ. މި މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން މިހާރު ވަނީ މާލެ ގެނެސްފައެވެ.