ޚަބަރު

ހީލަތުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ


  • އޭނާ ވަނީ ހީލަތުން މީހެއްގެ އަތުން ފައިސާތަކެއް އަތުލާފައިކަމަށް

  • މިމީހާ އުޅޭ ތަނެއް ނޭނގޭތީ ޗިޓު ޙަވާލުކުރެވިފައެއް ނުވޭ

  • މީނާ ހޯދުމަށް އެދިފައިވަނީ ވ.ފެލިދޫ ޕޮލިސް ސްޓޭޝަނުން

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ޢާންމުކޮށްފިއެވެ.

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ތަޙުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ އެމްޑީ އާރިފް ހޮސެންއެވެ.

ފުލުހުން ވިދާޅުވީ، ތަހުގީގަށް ހޯދަމުންދާ އެމީހާ އުޅޭ ވަކިތަނެއް ނޭނގޭތީ ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތް ބަޔާންކުރާ އިޖުރާއަތުގެ ދަށުން އޭނާ ތަޙުގީގަށް ހާޒިރުވުމަށް އަންގައި ޢިއުލާންކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ތަޙުގީގަށް މިމީހާ ހާޒިރުވާންޖެހެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމަހުގެ 25 ދުހުގެ ކުރިން އެމީހާ ހާޒިރުވާންޖެހޭކަމަށްވެސް ފުލުހުންވަނީ އަންގާފައެވެ.