ޚަބަރު

މެލޭޝިއާގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ


  • ޒުވާނާ މަރުވެފައިވަނީ އިމާރާތެއްގެ 14ވަނަ ފަންގިފިލާއިން ވެއްޓި

  • މަރުވީ 22 އަހަރުގެ ފިރިހެނެއް

  • މިކަން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ބަލަމުން

މެލޭޝިއާގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

މިކަން މެލޭޝިއާއި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައިއެވެ. ހައިކޮމިޝަނުން ވިދާޅުވީ، މިކަން ބަލަމުންދާތީ އިތުރު ތަފްސީލް ޙިއްސާކުރެވެން އަދި ނެތްކަމަށެވެ.

ނަމަވެސް މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުގައި ތަޢުލީމު ޙާސިލްކުރަމުންދިޔަ، 22 އަހަރުގެ ޒުވާން ފިރިހެނެކެވެ. ޒުވާނާ ވެއްޓިފައިވަނީ، އިމާރާތެއްގެ 14ވަނަ ފަންގިފިލާއިންނެވެ.

މިހާދިސާ ހިނގާފައިވަނީ މީގެ ދެ ގަޑިއިރެއްހާ ކުރިން ކަމަށް މަޢުލޫމާތުލިބެއެވެ.

މިކަން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ބަލަމުންނެވެ.