ޚަބަރު

ފެނުގެ ދުވަހުގެ މުނާޞަބަތުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި


ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާޞަބާގައިއެމްޑަބްލިއުއެސްސީން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއަދު ރަސްފަންނު ބީޗްގައިބޭއްވި މިހަވީރަކީ ފެނުގެ މުހިންމުކަން ކުދިންނަށް އަންގައިދިނުމާއި ފެނާމެދުހެލުންތެރިކުރުމަށް ބޭއްވި ހަވީރެއްކަމަށެވެ. އެކިއެކި ސްޓޯލްތައް މެދުވެރިކޮށްކުޑަކުދިންނަށް ތަފާތު ކުޅިވަރު ހަރާކާތްތައް ހިމެނޭގޮތަށް ކުރިޔަށްދިޔަކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ މިއަދު ހަވީރު ހަތަރަކުން ހައެއްޖެހުމާހަމައަށެވެ. 

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ މާރިޗުމަހުގެ ބާވީސްވަނަ ދުވަހެވެ.